އިސްމެހެލާހެރަ ރިސޯޓަށް މުވައްޒަފުން ހޯދުމަށް އޯޕަންޑޭތަކެއް ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
އިސްމެހެލާހެރަ ރިސޯޓަށް މުވައްޒަފުން ހޯދުމަށް އޯޕަންޑޭތަކެއް ބާއްވަނީ

އައްޑޫސިޓީ ގައި ތަރައްގީކުރަމުން އަންނަ އިސްމެހެލާހެރަ ރިސޯޓަށް މުވައްޒަފުން ހޯދުމަށް އޯޕަންޑޭތަކެއް ބާއްވަންނިންމައިފިއެވެ.

މިރިސޯޓްގެ އެކި ދާއިރާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އައްޑު އާއި ފުވައްމުލަކުގައި އޯޕަން ޑޭތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އިސްމެހެލާހެރަ ތަރައްގީކުރާ ކުންފުނި ސައުތު ޕާތުން ކުރިއަށް ގެންދާ އޯޕަންޑޭތަކުގެ ތެރެއިން އައްޑޫގައި ބާއްވާ އޯޕަންޑޭތައް ކުރިއަށް ދާނީ މި މަހުގެ 29 ވަނަ ދުވަހު ހުޅުދޫ ސްކޫލްގައެވެ. 30 ވަނަ ދުވަހު ޝަރަފުއްދީން ސްކޫލްގައި އަދި އެޕްރީލް 2 ގައި ފޭދޫގައި ހުންނަ ސައުތު ޕާމްގެ އޮފީހުގައެވެ.

ފުވައްމުލަކުގައި އޯޕަންޑޭ ކުރިއަށް ދާނީ އަންނަ މަހުގެ 1 ގައި އެ ސިޓީގެ ޔޫތު ސެންޓަރުގައެވެ.

މީދޫ ކައިރީގައި އޮންނަ އިސްމެހެލާހެރަ ރިސޯޓްގެ މަޝްރޫއު އިއުލާން ކުރީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ.

އައްޑޫގައި މި ވަގުތު ހިންގަނީ ދެ ރިސޯޓެވެ.

މިއަދު އޮންލައިން