މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މާލެ އަތޮޅު ކޮއްދިއްޕަރު ރިސޯޓު ކައިރިން، ކަނޑުމަތިން ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިރޭ އިރާކޮޅުގެ ވަގުތަކު ކަމަށާއި މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.
އާންމުވެފައިވާ ބައެއް ފޮޓޯތަކަށް ބަލާއިރު، މަރުވެގެން ފެނިފައިވާ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ފޯވެ ކުނި ވެފައެވެ. އެހެންކަމުން އެއީ އަންހެނެއްގެ ހަށިގަނޑުކަމެއް ނުވަތަ ފިރިހެނެއްގެ ހަށިގަނޑުކަމެއް އަދި އެނގިފައެއް ނުވެއެވެ.