ޕާކިސްތާނަށް ބޮޑު ތެޔޮވަޅެއް ފެނިއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުން ތެޔޮވަޅު ފެނުނީ ކަރާޗީގެ 230 މޭލު ބޭރުން އީރާނު ބޯޑަރު ކައިރިންނެވެ.
ޕާކިސްތާނުން ބުނެފައިވަނީ ވަޅުގައި ތެޔޮ ހުރިވަރު ބުނަން އަދި މާއަވަސް ކަމަށާއި ނަމަވެސް އެ ތެޔޮވަޅުން ނަގާ ތެލުން ޕާކިސްތާނަށް ފުދި އަދި އެކްސްޕޯޓް ކުރެވޭވަރުވެސް ވާނެ ކަމަށެވެ.
ޕާކިސްތާނުން މިހާރުވެސް އެޤައުމަށް ބޭނުންވާ ތެލުގެ 15 އިންސައްތަ އަމިއްލައަށް ނަގައެވެ. ފެނިފައިވަނީ ވަރަށް ބޮޑު ތެޔޮވަޅަކަށްވުމުން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ނަގާ 10 ޤައުމުގެ ތެރޭގައި ޕާކިސްތާން ހިމެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.