ހިނގާފަ ދިއަ ބިދޭސީ އެއްގެ އަތުން 6000 ރުފިޔާ އާއި އޭނާގެ މޯބައިލް ފޯނު ފޭރިގެންފި އެވެ. ފުލުހުން ބުނީ މި ކަންކުރީ ސައިކަލެއްގައި ދިއަ ބައަކު ކަމަށާއި މިކަން ކޮށްފައިވަނީ މާފަންނު އައިކެއާ ކަރިން އޯކިޑް މަގުގެ ސަރަހައްދުގައި ކަމަށެވެ.
މަގުމަތިން ފޭރުމުގެ ހާދިސާތަކާއި ވައްކަމުގެ ހާދިސާތައް މިދުވަސްވަރު އިތުރުވެފައިވާކަން ފާހަގަކުރެއެވެ. ދާދިފަހުން ވެސް ބިދޭސީއެއްގެ ފޯނާއި ފައިސާ ފޭރުނު މައްސަލައެއްގައި އެލސިއޯން ބޭކަރީ ކައިރިން މީހަކު އަތުލައިގެންފައެވެ.
މިފްކޯގެ 2 މިލިއަން ރުފިޔާ ފޭރިގެންފައިވާއިރު އެއީ ހަމަ ފޭރުމުގެ އަމަލެއްތޯ ނުވަތަ މިފްކޯގެ މުވައްޒިފުންނާއި ގުޅިގެން ހިނގާފައިވާ ކަމެއް ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ. އެއީ އެ ވެހިކަލުގައި ފައިސާ ހުރިކަން ފޭރުނުކަމަށް ބުނާ މީހުންނަށް އެނގުނު ގޮތަކާއިމެދު ސުވާލު އުފެދޭތީއެވެ.
ފުލުހުން ގެނަދަނީ ވައްކަމާއި ފޭރުމާއި އެނޫން ވެސް ކުށްތައް ހުއްޓުވުމަށް މަޝްވަރާ ކުރަމުންނެވެ.