ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 57ސ
ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާތީ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން މިދެމީހުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަނީ ޅ.ނައިފަރު / ރޭނިގެ، އާދަމް މޫސާ (69އ) އަދި ގދ.ގައްދޫ / ގުލްފާމުގެ، އަޙްމަދު ޝަރީފު  (46އ)އެވެ.

އާދަމް މޫސާ ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 28 ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މީގެ އިތުރުން އަޙްމަދު ޝަރީފު ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 28 ވަނަ ދުވަހުގެ 11:00ށް ސިވިލްކޯޓަށް ޙާޟިރުކުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

މިއަދު އޮންލައިން