ސިޓީ ކައުންސިލްތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައެވެ.
ސިޓީ ކައުންސިލް ތަކުގެ މުސާރަ ބޮޑުކުރުމާއި އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. މިހުށަހެޅުއް ފާސްކޮށްފައިވަނީ 34 މެމްބަރުންގެ ވޯޓުންނެވެ.
މިބަދަލާއެކު މޭޔަރުންގެ މުސާރަ އަށް ލިވިން އެލަވަންސް އާ އެކު 40،000 ރ. ލިބިވަޑައިގަންނަވާނެއެވެ. ޑެޕިއުޓީ މޭޔަރުންނަށް ލިބިވަޑައިގަންނަވާނީ 35،000ރ. އެވެ. އަދި ސިޓީ ކައުންސިލް މެމްބަރަކަށް ޖުމުލަ 30،000ރ. ލިބޭނެއެވެ.
ރައީސް ޔާމިން ގެ ވެރިކަމުގައި ވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ދަށްކޮށްފައެވެ.