ޚަބަރުގައިވާ ޓްވީޓުގައި އެވަނީ ހިންދޫ ގުންޑާއިންގެ ބައަކު އިންޑިއާގެ މުސްލިމް ޒުވާނަކު ތަނބެއްގައި ބަނދެ ބިރުދައްކައި އަނިޔާކޮށްގެން ގަދަ ކަމުން "ޖައި ޝްރީ ރާމް" ކިޔުއްވާ ވީޑިއޯ އެކެވެ. އިންޑިއާގައި މުސްލިމުން ހިންދޫ ދީނަށް ވެއްދުމަށް ހިންގާ މިބާވަތުގެ ގިނަ އަދަދެއްގެ ޖަރީމާތަކުގެ ތެރެއިން ޢާންމުވެ އެނގެނީ ވަރަށް މަދު ކަމެއްކަން ފާހަގަކުރެވެއެވެ.
މިފަދަ ކަންކަމާއި ގުޅިގެން އަބަދުވެސް އިންޑިއާގެ ބަހަކަށްވެފައި އޮންނަނީ "މިހައި ބޮޑު އާބާދީއެއްގައި އެބާވަތުގެ ކަންކަން ވެސް ހިނގާނެ" ކަމަށެވެ. ޓްވީޓްކުރި ފަރާތުންވެސް އުފައްދާފައިވާ ސުވާލަކީ މިކަމާއި ގުޅިގެން ބޮޑުވަޒީރު އެއްވެސް ތަޙްޤީޤް ރިޕޯޓެއް ހޯއްދަވާނެތޯއެވެ!