ނިދުމަށްފަހު ދަމުނަމާދު ކުރަން ނުހޭލެވޭ ނަމަ ޢިޝާ ނަމާދަށްފަހު ދަމު ނަމާދުކޮށްގެން ނިދުމަކީ މައްސަލައެއް ނޫނެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ޢިޝާ ނަމާދަށްފަހު ދަމުނަމާދު ކުރެވިދާނެ ކަމަށާއި ދަމު ނަމާދުކޮށްގެންވެސް ނިދިދާނެ ކަމަށެވެ.
ދަމުނަމާދު ކުރުން އެންމެ ރަނގަޅީ ރޭގަނޑުން ބައެއްގައި ނިދުމަށްފަހު ހޭލައިގެންނެވެ. އެހެންކަމުން ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ ނިދުމަށްފަހު ހޭނުލެވިދާނެ ކަމަށް ޤަބޫލުކުރެވޭނަމަ ޢިޝާ ނަމާދަށްފަހު ކޮންމެ ވަގުތަކު ވެސް ދަމު ނަމާދު ކުރެވިދާނެ ކަމެވެ.
— Islamic Knowledge (@IKviber) March 27, 2019