އަންހެނުންގެ ކަންފަތް ތޮރުފުން ހުއްދަ!- ޝަރުޠުތަކެއް އެބަހުރި!: ޑރ.އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަންހެނުންގެ ކަންފަތް ތޮރުފުން ހުއްދަ!- ޝަރުޠުތަކެއް އެބަހުރި!: ޑރ.އިޔާޟް

ކަންފަތް ތޮރުފުމަކީ ޑޮކްޓަރީ ގޮތުން ރައްކައުތެރިކަމާއިއެކު ކުރެވޭ ކަމަކަށް ވަނީ ނަމަ އެކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް އަންނަނިވި ޝަރުޠުތައް ހަމަވާން ވާނެއެވެ. 1، މަޙްރަމް ނޫން މީހުންނަށް ތިއަ ޒީނަތްތެރިކަން ނުދެއްކުން.

(އުމުރުން ހަގު ނަމަވެސް ބާލިޣްވުމަށްފަހު ކަންފަތުގައި މުދިފަދަ ތަކެތި ލައި ހިލޭ ފިރިހެނުންނަކަށް ނުދެއްކޭނެއެވެ. ދަރިވަރުންގެ ގޮތުގައި ތިބޭއިރު ޢާންމުކޮށް ހުޅުވާލައިގެން ސްކޫލްތަކުން ބާއްވާ ޝޯ ފަދަ ކަންކަމުގައިވެސް ބާލިޣްވެފައިވާ ކުދިންނާއިމެދު އަމަލުކުރަން ޖެހޭނީ އަންހެނުންގެ ގޮތުގައެވެ.)

2، ކާފިރު އަންހެނާ އާއި އެއްވައްތަރުވުމަށް ކުރެވޭ ކަމަކަށް ވެގެން ނުވާނެއެވެ. އެބައިމީހުންނާއި ތަޝައްބުޙު (އެއްގޮތް) ވުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫނެވެ. މިގޮތަށް ވަކި މީހެއްގެ ސްތައިލަށް ތަބަޢަވުމަށް ކަންފަތުގައި މުދިލުން ހުއްދައެއް ނުވާނެއެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ބައަކާއި އެއްގޮތް ވެއްޖެ ނަމަ އޭނާ ވަނީ އެމީހުންގެ ތެރެއިންނެވެ.

3. ކަންފަތުގައި އެލުވޭ މުދި އެއީ ޞަލީބް ފަދަ ކާފިރުންގެ ނިޝާނަކަށްވެގެން ނުވާނެއެވެ.

4. އަދި މިކަމަކީ (ކަންފަތް ތޮރުފުމާއި މުދި ތަކެތި އެލުވުމަކީ) ފިރިހެނަކަށް ހުައްދަވެގެންވާ ކަމެއް ނޫނެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް

މިއަދު އޮންލައިން