މައްސަލަތައް ޙައްލުކުރުމަށްޓަކައި ފުލުހުންނާއި އަތާއަތް ގުޅާލަން ހޯމް މިނިސްޓަރ އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މައްސަލަތައް ޙައްލުކުރުމަށްޓަކައި ފުލުހުންނާއި އަތާއަތް ގުޅާލަން ހޯމް މިނިސްޓަރ އެދިވަޑައިގެންފި

މުޖުތަމައުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި ފުލުހުންނާއި އަތާއަތް ގުޅާލަން ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އެދިވަޑައިގެންފި އެވެ. 

ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝައިޚް އިމްރާން ވިދާޅުވީ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ ރައްޔިތުންގެ އެހީތެރިކަން ފުލުހުންނަށް ލިބިގެން ކަމަށާއި އެހެންކަމުން އެއްވެސް ކަމެއްގައި އެހީތެރިކަމަށް ރައްޔިތުންގެ ކިބައިން ފުލުހުން އެދިއްޖެ ނަމަ އެކަމެއް ކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. 

ޝައިޚް އިމްރާން ވިދާޅުވީ ޤައުމުގައި އުފެދޭ ނުތަނަވަސްކަން ހައްލުކުރުމާއިއެކު ރައްޔިތުންގެ ފުރާނައާއި މުދައު ރައްކައުތެރި ކުރުމުގައި ފުލުހުން އަބަދުވެސް ގެންދަނީ ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި އެ މަސައްކަތްތަކަކީ ވަރަށް ކުޅަދާން، ހުޝިޔާރު ބައަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

ޝައިޚް އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަށާ ކުރިއަރައި ތަރއްޤީވެފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކުގައި ކަމަށާއި އެއިގެ ތެރޭގައި ތަމްރީނު ދިނުމާއި އެހެންވެސް ގޮތްގޮތުން އެހީތެރިވާ ބޭރުގެ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. ދިވެހި ފުލުހުންގެ ކުރިއެރުމަށް އަބަދުވެސް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަންވެސް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވަނީ ފުލުހުންނަށް ދެއްވައިފައެވެ.

މިއަދު އޮންލައިން