އަމާންކަން ބެލެހެއްޓުމުގެ ވާޖިބު އަދާކުރަނީ ރައްޔިތުންގެ ޚިދުމަތެއްގެ ގޮތުގައި ކަމަށް ވެއްޖެ ނަމަ އެންމެންނަށް އުފާވެރިކަން ލިބިގެންދާނެ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އަމާންކަން ބެލެހެއްޓުމުގެ ވާޖިބު އަދާކުރަނީ ރައްޔިތުންގެ ޚިދުމަތެއްގެ ގޮތުގައި ކަމަށް ވެއްޖެ ނަމަ އެންމެންނަށް އުފާވެރިކަން ލިބިގެންދާނެ: ޤާސިމް

ރާއްޖޭގެ އަމާންކަން ބެލެހެއްޓުމުގެ މަތިވެރި ވާޖިބު ދިވެހި ފުލުހުން އަދާކުރަމުން ގެންދަނީ ޑިމޮކްރެޓިކް ވެށްޓެއްގައި ރައްޔިތުންގެ ޚިދުމަތެއްގެ ގޮތުގައި ކަމަށް ވެއްޖެ ނަމަ އެނެމްނެނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރުކަން ވެސް ކުރައްވައިފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ދިވެހި ފުލުހުންނަށާއި ފުލުހުންގެ ޢާއިލާތަކަށް ދަންނަވައި ޤާސިމް އިބްރާހީމް އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޤާސިމް އިބްރާހީމް އަކީ ފުލުހުންގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ހިތްވަރު ދެއްވުމުގެ ގޮތުން ތަފާތު ގޮތްގޮތުން ފުލުހުންނަށް އަބަދުވެސް އެހީތެރިވެދެއްވަމުން ގެންދަވާ އަދި ކޮންމެ ކަމެއް ކުރުމުގައި ވެސް ޤާނޫނީ ހަމަތަކުގެ މަތިން ޤާނޫނުތަކާއި އެއްގޮތަށް ކަންކަން ކުރުމަށް އިލްތިމާސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

 

މިއަދު އޮންލައިން