ތިމަރަފުށީ ދާއިރާއަށް ކުރިމަތިލާފައިވާ އެންމެ ޤާބިލް ކެންޑިޑޭޓަކީ ޢަބްދުﷲ ރިޔާޟް ކަމަށާއި އެކަން ސާބިތުވާ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކެންޑިޑޭޓަކަށް ވޯޓުލާއިރު މާޒީގައި ޤައުމަށާއި ރައްޔިތުންނަށް ކޮށްދިފައިވާ ޚިދުމަތަށާއި އިޚްލާޞްތެރިކަމަށް، އަދި ބޮޑެތި ކަންކަން ކުރިމަތިވެގެން އަންނައިރު މަޖިލީހުގައި ވޯޓުލާފައިވާ ގޮތަށް ބަލަން ޖެހޭނެ ކަމަށެވެ. އަދި ކަންކަމާއި ކުރިމަތިލަން ކެރޭ މިންވަރަށާއި ކުރިމަތިލައިގެން ނެރެފައިވާ ނަތީޖާއަށްވެސް ބަލަން ޖެހޭނެ ކަމަށެވެ.
އަމީން ވިދާޅުވީ ޢަބްދުﷲ ރިޔާޟް، މާޒީގައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ބަލައިފިނަމަ، އަދި އިޚްލާޞްތެރިކަމާ ޤާބިލުކަމަށް އަދި "ކޮލިޓީއަށް" ބަލައިފިނަމަ ވޭމަންޑޫ އަށާއި ތިމަރަފުށީގެ ރައްޔިތުންނަށް އެންމެ ބޮޑު، ފައިދާ ކުރާނެ ޚިދުމަތެއް ލިބިގެންދާނީ ޢަބްދުﷲ ރިޔާޟްގެ ކިބައިން ކަމަށެވެ. އެހެންކަމުން ވޯޓުދޭއިރު އެކަންކަމަށް ވިސްނައި ޢަބްދުﷲ ރިޔާޟަސް ވޯޓު ދެއްވުމަސް އެދިވަޑައިގަންނަވާ ކަމަށެވެ.
Rayyithunge majileehuge Thimarafushi dhaairaa ah kurimathilavvaafaivaa candidatungevtherein alhuganduge thaaeedhu @riyazabdulla ah pic.twitter.com/ETHqBGI96v
— Ameen Ibrahim (@ameenmaldives) March 30, 2019