ރުޅިއަންނަ ބައަކު ރުޅިއައިސް ރުޅީގަ މަރުވި ނަމަވެސް ޙައްޤު ބަސް ބުނުން ހުއްޓައެއް ނުލާނަން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރުޅިއަންނަ ބައަކު ރުޅިއައިސް ރުޅީގަ މަރުވި ނަމަވެސް ޙައްޤު ބަސް ބުނުން ހުއްޓައެއް ނުލާނަން: ޑރ. އިޔާޟް

ރުޅިއަންނަ ބައަކު ރުޅިއައިސް އެރުޅީގައި އެމީހަކު ނުވަތަ އެބައަކު މަރުވި ނަމަވެސް ޙައްޤު ބަސް ވިދާޅުވުން ހުއްޓަވައި ނުލައްވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ދީނީ ޢިލްމުވެރިންނަކީ އަބަދުވެސް ޙައްޤު ބަސް ވިދާޅުވުން މަތީގައި ދެމިތިއްބަވަން ޖެހިވަޑައިގަންނަވާ ބައެއްކަން ފާހަގަކުރައްވައި ޑރ. އިޔާޟް ވިދާޅުވީ ޙައްޤު ބަސް ބުނުމަކީ ވަކި ވެރިކަމެއްގައި އެކަނި ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އިސްލާމް ދީނުގެ ޙުކުމްތައް ބަޔާން ކުރައްވައި ޙައްޤު ބަސް ވިދާޅުވުމުން ކޮންމެ ސަރުކާރެއްގައިވެސް ގެންދަނީ ދީނީ ޢިލްމުވެރިންނަށް އެއްޗެތި ގޮވައި ފުރައްސާރަކުރަމުންނެވެ. އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށްވުރެ މުހިންމުކަމަށް ވެފައި އޮންނަނީ ސަރުކާރުގެ ތެރެއިން ލިބޭ ނުވަތަ ލިބިދާނެ ކަމަށް އުންމީދުކުރާ ފައިދާއެވެ.

"ޙައްޤު ބަސް ބުނުމަކީ ވަކި ވެރިކަމެއްގައި އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ކުރަން ޖެހޭ ކަމެކެވެ. ރުޅި އަންނަ ބައަކު ރުޅި އައިސް އައިސް ތިބޭށެވެ! ރުޅިވެރިކަމުގެ މަތީގައި މަރުވާށެވެ! ހަމަކަށަވަރުން ހިތްތަކުގައިވާ އެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ!"

މިއަދު އޮންލައިން