މ. މުލަކު ސްކޫލުގެ ކަބް ސްކައުޓް ދަރިވަރުން ޓްރެފިކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މާރިޗު 30ވަނަ ދުވަހު މުލަކު ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި ޓްރެފިކް ނިޝާންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން މަގުމަތީގެ އަދަބުތަކާއި ހިނގާބިނގާވެ އުޅުމުގައާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ފުލުހުން ސިލްސިލާކޮށްދަނީ ހިންގަމުންއެވެ.