އިންތިޚާބު ފަސްކުރަން ޖެހޭނެ ޤާނޫނީ އެއްވެސް ސަބަބެއް ނުދެއްކޭނެ: އިލެކްޝަންސް ކޮމިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އިންތިޚާބު ފަސްކުރަން ޖެހޭނެ ޤާނޫނީ އެއްވެސް ސަބަބެއް ނުދެއްކޭނެ: އިލެކްޝަންސް ކޮމިޝަން

މިފެށޭ އެޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ޖެހޭނެ ޤާނޫނީ އެއްވެސް ސަބަބެއް ނުދެއްކޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބާއި ގުޅުން ހުރި ހުރިހާ ކަމެއްގައިވެސް ޤާނޫނުގައި ދޭން ޖެހޭ މުއްދަތުތައް ފުރިހަމައަށް ދެއްވާފައިވާނެ ކަމަށާއި އަދި ދެއްވާފައިވަނީ މާޖިނެއްވެސް ލައިގެން ކަމަށެވެ. އެހެންކަމުން އެއްވެސް ކަމެއްގައި މުއްދަތަށް ބަދަލު ގެނެސް އިތުރު ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.

އާޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ވެނިމިފައި ކަމަށާއި އެކަމަށް ޚަރަދުތައް ވެސް ވަނީ ކުރެވިފައި ކަމަށެވެ. އެހެންކަމުން ވޯޓުލާ ދުވަސް ފަސްކޮށްފިނަމަ މާލީ ގޮތުންވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. "ބޭނުންވާ އަދަދަށް ފައިސާ ނުލިބޭނެކަން އެނގުމުން ލިބިފައި ހުރި ފައިސާއިން ފުއްދަން މިހާރުވެސް ވާނީ ގިނަ ޚަރަދުތަކެއް ކުޑަކޮށްފަ. ބޭނުންކުރާ މުވައްޒިފުންގެ އަދަދުވެސް ވާނީ މަދުކޮށްފަ. ވޯޓު ކަރުދާސް ޗާޕުކުރުމުގަވެސް ވާނީ ޚަރަދު ކުޑަކޮށްފަ." ކަމަށްވެސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އަޙްމަދު ޝަރީފެ ވިދާލުވީ އިންތިޚާބު ބޭއްވުމަށް މިހާރުވެސް 30 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށާއި އިންތިޚާބު ފަސްކުރަން ޖެހިއްޖެ ނަމަ އިތުރު 20 މިލިއަން ރުފިޔާ ޚަރަދުކުރަން ދައުލަތަސް ޖެހޭނެ ކަމަށެވެ.

މިއަދު އޮންލައިން