ހެލްމެޓް އެޅުމުގެ ޤަވާއިދާއި ޚިލާފްވާ މީހުންނަށް މިރޭ 00:00 އިން ފެށިގެން ފިޔަވަޅު އަޅާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 34ސ
ހެލްމެޓް އެޅުމުގެ ޤަވާއިދާއި ޚިލާފްވާ މީހުންނަށް މިރޭ 00:00 އިން ފެށިގެން ފިޔަވަޅު އަޅާނެ!

މާރިޗް 10ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުންދާ، އިންޖީނުލީ އެއްގަމުއުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު 2019 އެޕްރީލް 1 ވަނަ ދުވަހުން (މިރޭ 00:00 ފެށިގެން) ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން މިރޭ ކުރި ޓްއީޓެއްގައި ބުނެފައިވަނީ މިގޮތުން 30(ތިރީސް) ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި، އޭ1 އާއި އޭ0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ދުއްވާ މީހާގެ އިތުރުން، ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާ އިންނަންވާނީ ހެލްމެޓް އަޅައިގެން ކަމަށެވެ. 

މިއަދު އޮންލައިން