ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މީހުންނާއިމެދު ފިޔަވަޅު އަޅަން ޖެހޭ: ނައިބު ރައީސް

ކިޔުމަށް ހޭދަވާނީ 55ސ
ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މީހުންނާއިމެދު ފިޔަވަޅު އަޅަން ޖެހޭ: ނައިބު ރައީސް

ދިވެހި ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ފަރާތްތަކާ ދެކޮޅަށް އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

 

ނައިބު ރައީސް އެހެން ވިދާޅުވީ މަޖިލީސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ޢަލީ ނިޔާޒުގެ ކެމްޕޭން ޙަރާކަތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

 

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވި ފަރަތްތަކަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މިކަން ކުރުމަށް އެންމެހާ ދިވެހިން އަނެއްކާވެސް މިވަނީ އެކީއެކައްޗަކަށް ތެދުވާން ޖެހިފައިވާ ކަމަށެވެ. އަދި އަނިޔާވެރިއަކަށް ފުރުސަތު ދިނުމުގެ ހުރިހާ މަގެއް ބަންދު ކުރަންޖެހޭ ކަމަށް ވެސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

 

މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ ރާއްޖެއާއި އަންނަންއޮތް ޖީލުގެ މުސްތަގުބަލަށްޓަކައި ވެސް އެފަދަ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެކަން އެގޮތަށް ކުރަންޖެހެނީ އަނިޔާވެރިވުމަށް ނޫން ކަމަށެވެ. އެއީ ފިލާވަޅެއްގެ ދިނުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން