ރައީސުލްޖުމްހޫރިއްޔާ އޮޅިގެން އުޅެނީ ވަކިބައަކަށް! ޖޭޕީ އޮތީ ކޯލިޝަނުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރު ދެމެހެއްޓުމުގަ!: އަމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރައީސުލްޖުމްހޫރިއްޔާ އޮޅިގެން އުޅެނީ ވަކިބައަކަށް! ޖޭޕީ އޮތީ ކޯލިޝަނުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރު ދެމެހެއްޓުމުގަ!: އަމީން

ރައީސުލްޖުމްހޫރިއްޔާ އޮޅިގެން އުޅެނީ ވަކިބައަކަށް ކަމަށާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އޮތީ ކޯލިޝަނުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރު ދެމެހެއްޓުމުގައި ކަމަށް ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އަމީން ވިދާޅުވީ މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބުގައި ކޯލިޝަނުގެ 4 ޕާޓީ ތަމްސީލުކުރާނެ ގޮތް ކަނޑައެޅި އެއްބަސްވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރެއްވީ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވައިގެން ކަމަށެވެ. އަދި ކޯލިޝަނުގެ މިންނަތް މަސައްކަތުން އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ލިބިވަޑައިގަތުމުން އެ އެއްބަސްވުން ތަންފީޒު ކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވި ކަމަށާއި އެމަނިކުފާނަށް އެ ފުރުޞަތު ނުއެރުވީ ކޮން ބައެއްކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. 

އަމީން ވިދާޅުވީ ކަންކަން ހިނގަމުން މިދާ ގޮތް ވަރަށް ރަނގަޅަށް އެނގިތިބެމެ ރައްޔިތުންނަށް އޮޅުވައިލުމަށްޓަކައި ތަފާތު ސުވާލުތައް އުފައްދުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެ މަތީ މަޤާމުތަކުގައި ތިއްބަވައިގެން އެފަދަ ކަންކަން ކުރައްވާތީ އިތުރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

 

އަމީން އިބްރާހީމް ކުރައްވާފައިވާ 2 ޓްވީޓް: 

ޖޭޕީ ކޯލިޝަނުގަ. އަދި އޮންނާނީވެސް ކޯލިޝަން ދެމެހެއްޓުމުގަ. މަޖިލިސް އިންތިޚާބާއި ގުޅިގެން ޖޭޕީގެ ސްޓޭންޑާއިމެދު ސުވާލު އުފައްދަވާ ބޭފުޅުން ތިއަ އުފައްދަވަނީ ޖަވާބު ނޭނގޭ ސުވާލެއްތޯ؟ އަމިއްލަފުޅު ޒަމީރާ ސުވާލުކޮށްލައްވާ!"

 

އެމްޑީޕީގެ އެންމެ އިސް ލީޑަރު ސޮއިކުރެއްވި ކޯލިޝަން އެއްބަސްވުން އެމްޑީޕީން ދޫކޮށްލުމުން މަޖިލިސް އިންތިޚާބުގައި ޖޭޕީން އެހެން ގޮތެއް ހޯދަން މަޖުބޫރުވިކަމާއި އެއިގެ އަސަރު ފޮނިނުވެދާނެކަން ޚުދު ލީޑަރުންވެސް ޤަބޫލު ކުރެއްވި. މީގެ ސަބަބުން ގޯހެއްވި ނަމަ ޒިންމާ ނަގަން ޖެހޭނީ ކޮން ބޭފުޅަކަށްތޯ؟"

މިއަދު އޮންލައިން