އައިޖީއެމްއެޗް ކައިރީގައި ހުރި ގުދަނެއް ފަޅާލައިގެން ވައްކަން ކުރި ދެމީހަކު ހައްޔަރުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 10ސ
އައިޖީއެމްއެޗް ކައިރީގައި ހުރި ގުދަނެއް ފަޅާލައިގެން ވައްކަން ކުރި ދެމީހަކު ހައްޔަރުކޮށްފި!

އައި.ޖީ.އެމް.އެޗް ސަރަޙައްދުގައި ހުރި ގުދަނެއް ފަޅާލައިގެން ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފިއެވެ.

 

މިމައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 38 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނެކެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ މާރިޗް 30 ވަނަ ދުވަހުގެ 06:20 ހާއިރު މާފަންނު ބިސްބުރު ކައިރިންނެވެ.

 

ވައްކަމާއި ފޭރުން ހުއްޓުވުމަށް މާލެތެރޭގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ސްޕެޝަލް އޮޕަރޭޝަން ޑިޕަރޓްމަންޓްގެ ފުލުހުން މާލެތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ބިސްބުރު ކައިރިން ސައިކަލެއްގައި ދިޔަ ދެމީހެއްގެ އަމަލުތައް ހުރިގޮތުން އެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މިމީހުންގެ އަތުގައި އޮތް ބޮޑު ކަޅު ކޮތަޅެއްގެ ތެރެއިން ސިނގިރެޓު ކޭހަކާއި، ގުދަނުގެ ދޮރު ހަލާކުކުރުމަށް ބޭނުންކުރިކަމަށް ބެލެވޭ އާލާތްތަކާއި އެ ގުދަނުގައި ހަރުކޮށްފައިހުރި ކަމަށް ބެލެވޭ ތަޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 38 އަހަރުގެ މީހާއަށް ފަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު 44 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ހަތްދުވަހުގެ މުއްދަތެއްދީފައިވެއެވެ.

 

މި މައްސަލަ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިއަދު އޮންލައިން