މަތިވެރި ގެސްޓް ހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރަލާ ހުސްފުޅި ފުލުހުން ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަތިވެރި ގެސްޓް ހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރަލާ ހުސްފުޅި ފުލުހުން ހޯދައިފި

ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އއ. މަތިވެރި ގެސްޓް ހައުސް އެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ބަނގުރަލާއި ހުސްފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެ ގެސްޓް ހައުސް އިން 70 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ގިނަ އަދަދެއްގެ ހުސްފުޅިވެސް ފެނިފައިވާ ކަމަށެވެ.

 

          

 

ފުލުހުން ބުނީ މި މައްސަލައިގައި 18 އަހަރުގެ ޒުވާނަކާއި 38 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

 

ރާއްޖޭގައި ގެސްޓް ހައުސްތައް ހިންގަން ހުއްދަ ދެނީ ދިވެހިންގެ ޘަޤާފަތާއި އެއްގޮތަށް ފަތުރުވެރިން ގެންގުޅުމަށެވެ. ބަނގުރަލާއި އޫރު މަހުގެ ވިޔަފާރި ކުރުމުގެ ހުއްދަ ގެސްޓް ހައުސްތަކަށް ދީފައެއް ނުވެއެވެ.

 

(( "މިއަދުނޫހުން" މިޚަބަރު ކުރިން ލިޔުނުއިރު، "ފެރިދޫ ގެސްޓް ހައުސް" ކަމަށް ލިޔެވުނީ މައުލޫމާތު ލިބުމުގައި އެރި އޮޅުމަކުންނެވެ. ސައްޙަ މައުލޫމާތު ލިބުމާއެކު މިއަދުނޫހުގެ ފަރާތުން ވާނީ ޚަބަރު ރަނގަޅު ކޮށްފައެވެ. ވީމާ އެކަމަށްޓަކައި އެންމެހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. ))

މިއަދު އޮންލައިން