80 އަހަރުގެ ފިރިހެނެއްގެ އަތުން 300 ރުފިޔާ އާއި މޯބައިލްފޯނު އަންހެނަކު ފޭރިގަނެފިއެވެ.
މިހާދިސާ ހިންގީ މާލޭގައެވެ. މައުލޫމާތުލިބިފައިވާގޮތުގައި ބޭސްފަރުވާ އަކަށް މާލެ އައިސް ހުރި، 80 އަހަރުގެ ފިރިހެންމީހާގެއަތުން ފައިސާ އާއި މޯބައިލްފޯނު ފޭރިގަނެފައިވަނީ ފިރިހެންމީހާ ފިހާރައަކަށް ވަންތަނުން އެތަނުގައި ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނެކެވެ. މި އަންހެންމީހާ މާ އަގުހެޔޮކޮށް އެހެން ފިހާރައެއް ދައްކާނެކަމަށް ބުނެ 80 އަހަރުގެފިރިހެން މީހާ ގޮވައިގެން ގޮސް ގެއަކަށް ވައްދައި ފޭރިގަތީއެވެ.
ފައިސާ އާއި ފޯނު ފޭރިގަތުމަށް ފަހު އެގޭ ސިޑިދޮށަށް ފިރިހެންމީހާ ކޮއްޕައި ވައްޓާލާފައި ދިޔުމުން އޭނާ ގެ އަށް ގެންގޮސްދީފައިވަނީ އެހެންމީހެކެވެ.
މިހާދިސާފައި ފިރިހެންމީހާއަށް ބޮޑު އަނިޔާއެއް ލިބިފައެއްނުވެއެވެ.
ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ އަމަލުތަށް ގިނަވެފައިވާކަން ފާހަގަކުރެވެއެވެ.