އެއްޖިންސުން ގުޅުން ހިންގުމުގެ އިލްޒާމް އަޅުވައި، ސާބިތުކޮށް ނުދެވިއްޖެނަމަ އައްޑިހަ އެތިފަހަރުން ހައްދު ޖަހަން ޖެހޭ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އެއްޖިންސުން ގުޅުން ހިންގުމުގެ އިލްޒާމް އަޅުވައި، ސާބިތުކޮށް ނުދެވިއްޖެނަމަ އައްޑިހަ އެތިފަހަރުން ހައްދު ޖަހަން ޖެހޭ: ޑރ. އިޔާޟް

މީހެއްގެ ބޮލުގައި ޒިނޭގެ އިލްޒާމް، ނުވަތަ އެއްޖިންސުން ގުޅުން ހިންގުމުގެ އިލްޒާމް އަޅުވައިފިނަމަ 4 ހެކިން ދައްކަން ޖެހޭނެ ކަމަށާއި ނުދެއްކިއްޖެ ނަމަ 80 އެތިފަހަރުގެ ޤަޒްފް ހައްދު ޖަހަން ޖެހޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ޖާމިޢާ ސަލަފުން ކިޔަވާ ވިދާޅުވާ ޢިލްމުވެރިންނަކީ އެއްޖިންސުން ގުޅުންހިންގާ ބައެއްކަމަށް ތުހުމަތު ކުރައްވައި ރައީސް މުޙައްމަދު ނަޝީދު މިއަދު ނ. ކުޑަފަރީގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. 

ޑރ. އިޔާޟް ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ނަޝީދަށް ވަޑައިގެންނެވުނު ހިސާބުން ފެށިގެން މިއަދާއި ހަމައަށް ބަލައިފިނަމަ ދީނީ ޢިލްމުވެރިންގެ ނަން ޚަރާބުކޮށް ކުރައްވާ މަސައްކަތްޕުޅުތަކަށް ހުރަސް އަޅުއްވަން ނުކުރައްވައި އޮތީ ކޮންކަމެއްކަން ހޯދަން އުނދަގޫވެފައިވާ ކަމަށެވެ. 

ޑރ. އިޔާޟް މިފަދައިން ވިދާޅުވެފައިވާއިރު މިއަދު އެއްޖިންސުން ގުޅުން ހިންގުން ފަދަ ނުބައި އަމަލެއްގެ އިލްޒާމް ރާއްޖޭގައި ތިއްބެވި އެންމެ އިސް ދީނީ ޢިލްމުވެރިންގެ އިސްތަށިފުޅުގައި އެޅުވުމުން އިސްލާމް ދީނާއިމެދު ރައީސް މުޙައްމަދު ނަޝީދުގެ ހިތްޕުޅުގައި އޮތް ހަސަދަވެރިކަން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ އެވެ. "ޙަޤީޤަތުގައި ކޯފާ މިވަނީ ދީނީ ޢިލްމުވެރިންނަކަށް ނޫން. އިސްލާމް ދީނަށް. ދީނީ ޢިލްމުވެރިން އިސްލާމްދީން ކުރިއަރުވަން މަސައްކަތް ކުރައްވާތީ މިހައި ވަރަކަށް މި ކޯފާ އިސްކުރައްވަނީ." 

އިސްލާމުންގެ އެންމެ ބޮޑު އަދުއްވު، އިޒްރޭލުގެ ބޮޑުވަޒީރު ނަތަޔާންހޫ ވެސް އިސްލާމް ދީނުގެ ޢިލްމުވެރިންގެ އިސްތަށިފުޅުގައި މިފަދަ ބޮޑު ދޮގު ބުހުތާން އިލްޒާމެއް އެޅުވިކަން މިހައިތަނަށް އެނގިފައެއް ނުވެއެވެ. 

މިއަދު އޮންލައިން