ކަސްޓަމްސްގެ މަސައްކަތްތައް އިޞްލާޙްކުރަން ކުރަން ކަނޑައެޅި ހުރިހާ ކަމެއް މިމަސްތެރޭ ނިންމައިލެވޭނެ!: ކޮމިޝަނަރ ޖެނެރަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކަސްޓަމްސްގެ މަސައްކަތްތައް އިޞްލާޙްކުރަން ކުރަން ކަނޑައެޅި ހުރިހާ ކަމެއް މިމަސްތެރޭ ނިންމައިލެވޭނެ!: ކޮމިޝަނަރ ޖެނެރަލް

ކަސްޓަމްސްގެ މަސައްކަތްތައް އިޞްލާޙްކުރަން ކުރަން ކަނޑައެޅި ހުރިހާ ކަމެއް މިމަސް (އެޕްރިލް މަސް) ތެރޭގައި ފުރިހަމަކޮށް ނިންމައިލެވޭނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢްމާން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަސްތެރޭ ކަސްޓަމްސްއަށް ޙާޞިލުކުރެވުނު ކަންކަން ފާހަގަކުރުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި ނުޢްމާން ވިދާޅުވީ މަސައްކަތްތައް ފެށީ 15 ދާއިރާކަށް ބަހާލައިގެން ކަމަށާއި އަހަރުގެ ކުރީކޮޅު ކަމަށްވުމުން ފުރަތަމަ ކުރިއަށް ގެންދިއައީ މާބޮޑެތި ޚަރަދުތަކެއް ނުކޮށް ކުރެވެން ހުރި މަސައްކަތްތައް ކަމަށެވެ.

އަދި އެގޮތަށް ކުރި މަސައްކަތްތަކުންވެސް މިހައިތަނަސް ވަނީ ކުރަން ކަނޑައެޅި ކަންކަމުގެ 90 އިންސައްތަ ޙާޞިލު ކުރެވިފައި ކަމަށެވެ. ކަސްޓަމްސް އަށް އެކަނި ކުރެވެން ހުރި ހުރިހާ ކަމެއް މިހާރުވަނީ ކޮށް ނިންމާލެވިފައި ކަމަށާއި ނުނިމި ހުރީ އެހެން ފަރާތްތަކާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.

ނުޢްމާން ވިދާޅުވީ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރަން ކުރަން ހުރި ކަންކަން ކުރިއަށް ގެންދަން މިހާރު ހަމަޖެހިފައިވަނީ ކަސްޓަމްސްގެ ސްޓްރެޖިކް ޕްލޭނެއް އެކުލަވާލައިގެން ކަމަށާއި އެމަސައްކަތް ކުރިއަސް އޮތް 3 މަސް ތެރޭގައި ނިންމައި ކަސްޓަމްސްގެ އަހަރީ ދުވަސް މިއަހަރު ފާހަގަކުރާއިރު އެކަންކަން އޮންނާނީ ނިމިފައި ކަމަށެވެ.

ކަސްޓަމްސް އަށް އެކަނި ކުރެވެން ހުރި ހުރިހާ ކަމެއް މިހާރުވަނީ ކޮށް ނިންމާލެވިފައި ކަމަށާއި ނުނިމި ހުރީ އެހެން ފަރާތްތަކާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ. އަދި މިމަސައްކަތްތައް ފުރިހަމަ ކުރުމަށް ޕޯޓްތައް ހިންގާ ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މިއަދު އޮންލައިން