ހުރި ދަތިތަކާއިއެކުވެސް ރަމަޟާންމަހު ކަސްޓަމްސްގެ ޚިދުމަތް ރަނގަޅުކުރާނަން: ނުޢްމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ހުރި ދަތިތަކާއިއެކުވެސް ރަމަޟާންމަހު ކަސްޓަމްސްގެ ޚިދުމަތް ރަނގަޅުކުރާނަން: ނުޢްމާން

މިހާރު ހުރި ދަތިތަކާއިއެކުވެސް ރަމަޟާން މަހު ކަސްޓަމްސް އިން ފޯރުކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތްތަކެއްވެސް ރަނގަޅުކޮށް ޚިދުމަތް ދިނުން އަވަސްކުރާނެ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢްމާން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ 3 މަސް ދުވަސްތެރޭ ކަސްޓަމްސްއަށް ޙާޞިލުކުރެވުނު ކަންކަން ފާހަގަކުރުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި ނުޢްމާން ވިދާޅުވީ ރަމަޟާން މަހަކީ މަސައްކަތު ގަޑި މަދު މަހެއް ކަމަށްވުމުގެ އިތުރުން އޮފިސަރުންގެ ދަތިކަން ވެސް އެބައޮތް ކަމަށާއި އެ މައްސަލަ ހައްލުކުރަން މަސއްކަތް ކުރަމުން ގެންދާ ކަމަށެވެ.

"މިދަތިތައް ހުރުމާއިއެކުވެސް އަޅުގަނޑުމެން ޢަޒުމް ވަރަށް ވަރުގަދަ. އިރާކުރެއްވިއްޔާ ދަތިނުވެ ޚިދުމަތްތައް ފޯރުކޮށްދެމުން ކަސްޓަމްސް އިން ގެންދާނަން."

މީގެ އިތުރުން ދުނިޔޭގެ ވިޔަފާރިއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ކަސްޓަމްސް އިން ދޭ ޚިދުމަތްތަކުގެ ވައްޓަފާލިއަށް އަންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަޤީންކަން ވެސް ނޫޢްމާން ވަނީ ދެއްވައިފައެވެ.

މިއަދު އޮންލައިން