މާލީ ބަދަލާއެކު ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ މީހަކަށް ވަޒީފާ ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މާލީ ބޮޑު ބަދަލާއެކު އަލުން ވަޒީފާދޭން ސިވިލް ކޯޓުން އަމުރުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން ސާޖަންޓުގެ ރޭންކުގައި ތިބި އަހުމަދު އާސިމް އަދި އަބްދުﷲ ރިޔާޒަށެވެ.
އާސިމަށް 189،000ރ. އަދި ރިޔާޒަށް 199،000ރ. ބަދަލުގެ ގޮތުގައި ދިނުމަށް ވަނީ އަމުރުކޮށްފައެވެ.
މިމައްސަލަ މިގޮތަށް ނިންމާފައިވަނީ ޝަރީއަތާ ހިސާބަށް ނުގޮސް، ޑިސްޕިއުޓު މަރުހަލައިގައެވެ.