ރޭ 22:44 ހާއިރު ހެޕީމާކެޓް ކައިރީގައި ހެލްމެޓް އަޅައިގެން ބަޔަކު ވަޅި ހިފައިގެން ތިބިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، ގްރީން ބިލްޑިންގ ކައިރީ ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ސައިކަލެއްގައި ދާން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެފައެވެ.
އަދި އެވަގުތު އެކްސިޑެންޓްވި މީހާ ހައްޔަރުކޮށްފައިވާކަމަށާއި، އަދި ދެވަނަ މީހާ ފިލައިގެން ދަނިކޮށް އޭނާ ފަހަތުން ގޮސް އައިޖީއެމްއެޗް ކެންޓީން ކައިރިން ވަނީ ހައްޔަރުކޮށް އެވެ.
މި މައްސަލަ އާއި ގުލިގެން ހައްޔަރުކޮށްފައި ވަނީ، 22 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެކެވެ. .
ދެ މީހުން ދުއްވި ސައިކަލު މިހާރު ޓޯ ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ
އަދި އެ ދެ މީހުން ކްރިމިނަލް ކޯޓުން ހާޒިރުކޮށް ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ.