ޕޯސްޓަލް ވޯޓިންގ ތަޢާރަފްކުރަން މަސައްކަތް ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޕޯސްޓަލް ވޯޓިންގ ތަޢާރަފްކުރަން މަސައްކަތް ކުރަނީ!

ރާއްޖޭގެ އިންތިޚާބުތަކުގައި ވޯޓުލުމަށް "ޕޯސްޓަލް ވޯޓިން" ތަޢާރަފް ކުރަން މަސައްކަތް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

ވީޓީވީގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މިރޭ ވިދާޅުވީ އޮސްޓްރޭލިއާ އާއި އެނޫންވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ދިވެހިން ދިރިއުޅެމުންދާއިރު ރާއްޖޭގެ އިންތިޚާބުތަކުގައި އެމީހުންނަށްވެސް ވޯޓުލެވޭނެ ގޮތެއް ހަމަޖެއްސުން މުހިންމުކަމަށް އިލްކެޝަންސް ކޮމިޝަނުން ޤަބޫލުކުރާ ކަމަށެވެ. އަދި އެހެން ޤައުމުތައް ފަދައިން "ޕޯސްޓަލް ވޯޓިން" ޜާއްޖެއަށް ވެސް ތަޢާރަފްކުރަން އެ ކޮމިޝަނުން މަސައްކަތްކުރާނެ ކަމަށެވެ. 

މީގެ އިތުރުން "އަރލީ ވޯޓިންގ" ތަޢާރަފްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. (އަރލީ ވޯޓިންގ އަކީ ވޯޓުލާ ދުވަހު ވޯޓުލުމުގެ ކަންކަމުގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކަށް ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލުމުގެ ފުރުޞަތު ހަމަޖައްސައިދިނުމެވެ.)   

ފަހަކަށް އައިސް ވޯޓުލުމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެފައި އޮތުމުން ގިނަ ބައަކު ވަރަށް ކުރިޢާލައި ކިޔޫގައި ޖެހިގެން ތިބޭތަންވެސް ދަނީ ފެންނަމުންނެވެ. އެހެންކަމުން އެފަދަ މީހުންނަށް ވޯޓުލާން ފަސޭހަ ވާނެ ގޮތަކަށް ވޯޓުލާން ފަށާ ގަޑި މިހާރަށްވުރެ އަވަސްކޮށްދިނުމަށް  ގިނަ ބައަކު ދަނީ އެދެމުންނެވެ.

 

 

މިއަދު އޮންލައިން