އުރަން ޖެހޭ އުމުރުގެ ކުދިން އުރައިގެން ވޯޓުލާން ދާ މައިންނަށް ކިޔޫގައި ތިބެން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުގެ ނައިބް ރައީސް އަހްމަދު އަކްރަމް މިރޭ ވިދާޅުވީ ކުޑަކުދިން އުރައިގެން ދާ މައިންނަށް ކިޔޫގައި ނުޖެހި ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. "ކުދިން އުރައިގެންދާ މައިން ގިނަވެއްޖެނަމަ އެމީހުންގެ ކިޔޫއެއް ހަދަން ޖެހިދާނެ. ނަމަވެސް އެމީހުންނަށް ޢާންމު ކިޔޫގައި މަޑުކުރާކަށް ނުޖެހޭނެ." އަކްރަމް ވިދާޅުވިއެވެ.