މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019ގައި މިފަހަރު ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓުލުން ރަސްމީކޮށް ފެށިއްޖެއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ކުރިއަށްދާ މިއިންތިހާބުގައި، މަޖިލީހުގައި ހިމެނޭ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓުލުމުގެ ޙައްޤު 264،589 މީހުންނަށް ލިބިފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.