ވާދަވެރި، ފޯރިގަދަ ކެމްޕޭނުތަކަކަށްފަހު، މަޖިލިސް އިންތިހާބު މިއަދު ފެށިއްޖެ!

ކިޔުމަށް ހޭދަވާނީ 33ސ
ވާދަވެރި، ފޯރިގަދަ ކެމްޕޭނުތަކަކަށްފަހު، މަޖިލިސް އިންތިހާބު މިއަދު ފެށިއްޖެ!

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019ގައި މިފަހަރު ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓުލުން ރަސްމީކޮށް ފެށިއްޖެއެވެ.

 

މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ކުރިއަށްދާ މިއިންތިހާބުގައި، މަޖިލީހުގައި ހިމެނޭ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ވޯޓުލުމުގެ ޙައްޤު 264،589 މީހުންނަށް ލިބިފައިވާއިރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

 

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާފައިވަނީ ހަތަރު ޤައުމެއްގައެވެ. އެއީ އިންޑިއާ، ޝްރީލަންކާ، މެލޭޝިއާ އަދި އިނގިރޭސިވިލާތެވެ.

މިއަދު އޮންލައިން