އައްޑޫ ސިޓީ ފޭދޫ ބޯޅަ ދަނޑު ކައިރީގައި ހުރި ގެއެއްގެ ތެރޭގައި ހުރި ސައިކަލެއް މަގު މައްޗަށް ނެރި އޭގައި އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:50 ހާއިރެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެސައިކަލުވަނީ ބޭނުން ނުކުރެވޭވަރަށް ރޯވެ އަނދާފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.