އިންތިހާބާއި ގުޅިގެން މިހާތަނަށް ފުލުހުންނަށް ދެ މައްސަލައެއް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 31ސ
އިންތިހާބާއި ގުޅިގެން މިހާތަނަށް ފުލުހުންނަށް ދެ މައްސަލައެއް ހުށަހަޅައިފި

މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ގުޅިގެން ދެ މައްސަލައެއް މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެމުއައްސަސާއިން ބުނެފިއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިންތިޙާބާއި ގުޅިގެން ފުލުހުންނަށް މިހާތަނަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެމައްސަލަތަކުގެ ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށެވެ.

 

ރައްޔިތުންގެ މަޖިލިސް 2019 އިންތިހާބު މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކުރިއަށްދާއިރު، މިއިންތިހާބުގެ ސެކިއުރިޓީ ހުރިހާކަމެއް އިލެކްޝަންސް ކޮމިޝަނާއި ގުޅިގެން ބަލަހައްޓަމުން ގެންދަނީ ފުލުހުންނެވެ.

މިއަދު އޮންލައިން