ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވޯޓު ދެއްވައިފި

ކިޔުމަށް ހޭދަވާނީ 42ސ
ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވޯޓު ދެއްވައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވޯޓު ދެއްވައިފިއެވެ.

 

ނައިބު ރައީސް ވޯޓު ދެއްވަން ވަޑައިގެންނެވީ، އެމަނިކުފާނު ވޯޓުލާން ހަމަޖެހިފައިވާ ބިއްލޫރިޖެހި ގޭގައި ހުރި އެމަނިކުފާނުގެ ދާއިރާގެ ވޯޓު ފޮށްޓަށެވެ.

 

މަޖިލިސް އިންތިހާބަށް ވޯޓު ދެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ވޯޓުލުމަކީ އެންމެންގެ ވެސް ޙައްޤެއް ކަމަށާއި އެންމެންވެސް އަވަހަށް ނިކުމެ ވޯޓުލުމަށެވެ.

 

މިހާތަނަށް ވޯޓުލީ މީހުންގެ އަދަދަށް ބަލާއިރު ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 264،442 މީހުންގެ ތެރެއިން، ބައި ލައްކައަށްވުރެ ގިނަ މީހުންވަނީ ވޯޓު ލާފައެވެ.

 

ވޯޓުލުމުގެ ކިޔު ބަންދު ކުރާ ގަޑިއަކީ މިއަދު ހަވީރު 16:00 އެވެ.

މިއަދު އޮންލައިން