ވޯޓު ލުމަކީ އެންމެ މުހިންމު ހައްގު ކަމަށާއި އެންމެން ވެސް އަވަހަށް ނިކުމެ ވޯޓު ލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވޯޓުލުމަށްފަހު ނައިބު ރައީސް ވިދާޅުވީ ވޯޓު ލުމަކީ އެންމެ މުހިންމު ހައްގު ކަމަށާއި އެންމެން ވެސް އަވަހަށް ނިކުމެ ވޯޓު ލުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ސިޔާސީ ވާދަވެރިންނަށް ހަމަހަމަކަމާ އެކު ވޯޓު ލުމުގެ ފުރުސަތު އޮތުމުން މުއައްސަސާތަކާއި ރައްޔިތުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނައިބު ރައީސް ވޯޓު ލެއްވީ، ބިއްލޫރިޖެހިގޭގައި ގައި ބަހައްޓާފައިހުރި ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށެވެ.