ކުރީގެ ތިން ރައީސުންގެ ތެރެއިން ވޯޓު ނުލެއްވީ ރައީސް ޔާމީން އެކަނި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ކުރީގެ ތިން ރައީސުންގެ ތެރެއިން ވޯޓު ނުލެއްވީ ރައީސް ޔާމީން އެކަނި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވުނު އިންތިހާބުގައި ކުރީގެ ތިން ރައީސުންގެ ތެރެއިން ވޯޓު ނުލައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެކަންޏެވެ.

 

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ވޯޓުލައްވަން ވަޑައި ނުގަންނަވާނެ ކަމަށް އެ ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ކުރިން ވެސް ވަނީ އަންގާފަ އެވެ. އެމަނިކުފާނު ވޯޓުލާން ޖެހިވަަޑައިގަންވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ. އެ ދާއިރާއަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ވެސް ވާދަ ކުރައްވާފައިވާއިރު ރައީސް ޔާމީންއަށް ބޮޑުބޭބެ ކިޔުއްވާ އަދި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވާދަ ކުރައްވާފައިވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށެވެ.

 

ކުރީގެ ރައީސުންގެ ތެރެއިން ރައީސް މައުމޫން އާއި ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު މެންދުރު ކުރިން ވޯޓުލައްވާފައެވެ.

 

މަނީ ލޯންޑަރިންގެ މައްސަލައެއްގައި ޖަލުގައި ދުވަސްތަކެއް ހޭދަ ކުރެއްވުމަށްފަހު މިހާރު މިނިވަންވެ ވަޑައިގެން ހުންނެވި ރައީސް ޔާމީން، އެމަނިކުފާނު ތާއީދު ކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނުގައި ވެސް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

މިއަދު އޮންލައިން