ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހު ފަހުކޮޅު ބާއްވަން މަޖިލިހުގެ އިދާރާ އިން ނިންމައިފިއެވެ.
އެހެންނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވި މެމްބަރުން ހުވާ ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން 2014 ގައި ރައްޔިތުން އިންތިޚާބު ކުރި މެމްބަރުންގެ ދައުރު މި މަސް ނިމުމާއެކު ހަމަވާނެއެވެ. ގަވައިދުގައިވާ ގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެމްބަރުންނާ އެކު ޖޫން މަހުގެ ކުރީކޮޅެވެ.