ހަވަނަ ޓްރާންސްނޭޝަނަލް ކްރައިމް ސާކް ޕާރސްޕެކްޓިވް ޓްރެއިނިންގގައި ބައިވެރިވަޑައިގަތުމަށް ފުލުހުންގެ ސީނިއަރ ދެ އޮފިސަރަކު ބަންގްލަދޭޝް އަށް ފުރާވަޑައިގެންފިއެވެ.
މިހިނގާ އެޕްރީލް މަހުގެ 7 ން 18 އަށް ކުރިއަށްދާ މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރާވަޑައިގެންފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދުއެވެ.
12 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމަކީ ސައުތް އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާކް) އާއި ބަންގްލްދޭޝް ސަރުކާރު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވާ ސާކް ޤައުމުތަކުގައި ހިނގާ ޓްރާންސް ނޭޝަނަލް ކުށްތައް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންއާއި ޕްރެޒެންޓޭޝަންތައް ހުށަހަޅައި ބައިވެރިންގެ މެދުގައި މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.