ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމީހާ ހޯދަނީ 2019 މާރިޗު މަހުގެ 18 ވަނަ ދުވަހުގެ 10:30 ހާއިރު ސައިކަލެއްގެ އަރިމައްޗަށް ވޮލެޓެއް ހަނދާން ނެތިގެން ލާފައި ސޯސަންމަގު ސިންދިތާ ކައިރީ ފިހާރައަކަށް ވަތް ވަގުތު އެވޮލެޓް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ވީމާ މި މީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅާއި ޙިއްސާކުރުމަށް އެދެއެވެ.