ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މަޖިލީހުގެ އިންތިހާބެއްގައި އެންމެ ގިނަމީހުން ވޯޓްލީ އިންތިހާބު ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ފެށުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޝަރީފް ވިދާޅުވީ މިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހެއްގެ އިންތިހާބެއްގައި އެންމެ ގިނައިން ވޯޓުލާން މީހުން ނުކުތް އިންތިހާބު ކަމަށާއި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 80 ޕަސެންޓް މީހުން ވޯޓު ލާފައިވާކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިހާބުގައި ކުދިކުދި ޝަކުވާތައް ހުރި ނަމަވެސް އިންތިހާބު ނިމިގެން ދިޔައީ ވަރަށް އަމާންކޮށް ކަމަށެވެ.
މި އިންތިހާބުގައި 212،079 މީހުން ވޮޓުލާފައިވެއެވެ. އޭގެތެރޭގައި 105،077 އަންހެނުންނާއި 107،002 ފިރިހެނުން ވަނި ވޯޓުލާފައެވެ.