އަންނަ ހޯމަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމައިފި!

ކިޔުމަށް ހޭދަވާނީ 45ސ
އަންނަ ހޯމަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމައިފި!

މީގެ ތިން ހަފްތާ ކުރިން މެދުކަނޑާލި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަފައިވިއެވެ. 

އެނގިފައިވާ ގޮތުގައި މަޖިލީހުގެ ރައީސް މިފަދައިން ނިންމެވީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. ނަމަވެސް އަދި އެޖަލްސާގެ އެޖެންޑާ އާންމު ކޮށްފައެއް ނުވެއެވެ. 

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ. އެޖަލްސާ ނިންމަވާލައްވަމުން ގާސިމް ވިދާޅުވީ، ކޮމެޓީތަކުން މައްސަލަތައް މަޖިލީހަށް ފޮނުވާފައި ނެތުމުން މަޖިލިސް ނިންމާލައްވާކަމަށާއި މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ކޮމެޓީތަކުގައި ހުރި މަސައްކަތްތަކުން ކަމެއް ނިމިގެން މަޖިލީހަށް ފޮނުވުމުން ނުވަތަ އެހެން ކަމެއް މަޖިލީހަށް ހުށަހެޅުމުން ކަމަށެވެ.

މިއަދު އޮންލައިން