ލައިސަންސް ނެތި ބާރު ސްޕީޑްގަ ދުއްވި މީހަކު ހުއްޓުވަން ފުލުހުން އުޅުމުގެ ތެރޭގައި އެކްސިޑެންޓެވެ ސައިކަލް ދުއްވި މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދިއަ މީހާއަށް މަޑުކުރަން ފުލުހުން އެނގުމުން މަޑުނުކޮށް ފިލަން އުޅުމުން ހުއްޓުވަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓްވެ ޕާކުކޮށްފައިވާ ވޭނެއްގައި ޖެހިފައިވާ ކަމަށާއި އަދި ޕާކްކޮށްފައި ހުރި 2 ސައިކަލަކަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.
ސައިކަލު މަޑުނުކޮށް ފިލަން އުޅުނީ ލައިސަންސް ނެތް 18 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް ލިބުނު އަނިޔާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެފައިވއެވެ.