ޚަބަރުގައިވާ ފޮޓޯގައި އެވަނީ ހަނދުވަރީ ހިނގުމާ ބުރުޒުމަގު ކަންމައްޗަށްވާގޮތަށް ބިންމައްޗަށް އަޅާލާފައިވާ ﷲ ތަޢާލާގެ އިސްމްފުޅު ލިޔެވިފައިވާ ޕޯސްޓަރުތަކެކެވެ. އިންތިޚާބު ނިމުނުތާ 3 ދުވަސްވީއެވެ. ޤަވާއިދުގައި އޮތީ ދަމާ ބެނަރތަކާ ޕޯސްޓަރުތައް ނެއްޓުމަކީ ހިއްޕާ ފަރާތުގެ ކަމެއް ކަމަށެވެ.
އެއިގައި ލިޔެވިފައިވާ އެއްޗަކަށް ނުބެލި މި ޕޯސްޓަރުތަކަށް ފައިން އަރަމުން މީހުން އެތިބަ ހިނގަނީއެވެ. މިތަން ފެންނާނެ ފަރާތެއް ނެތެވެ. ވީމާ މިއީ ފުލުހުންގެ ޒިންމާއަކަށް ނުވި ނަމަވެސް، މިބާވަތުގެ ކޮންމެ ކަމެއް ހައްލުކޮށްދޭ ބައަކީ ރާއްޖޭގެ ޚިދުމަތްތެރި ފުލުހުން ކަމަށްވުމުން މިކަމުގައި ފުލުހުންގެ އެހީތެރިކަމަށް އެދެން މިވަނީ ޖެހިފައެވެ.
"ޢަބްދުﷲ ރިފާޢް" ލިޔެފައިވާއިރު ﷲ ތަޢާލާގެ އިސްމްފުޅު ލިޔެވިފައިވުމުން ޢަބްދުﷲ ރިފާޢްގެ ހިތުގައި ﷲ ތަޢާލާއަށް ލޯތްބެއް އޮތްނަމަ މިހެން މިކަން ވިއަކަ ނުދޭނެއެވެ.