ވަޒީފާއިން ވަކިކުރި އެސްއޯ ފުލުހުންގެ ތެރެއިން ރިޝްވާންއަށް ފުލުހުންގެ ވަޒީފާ އަލުން ދޭން ކޯޓުން އަމުރުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 27ސ
ވަޒީފާއިން ވަކިކުރި އެސްއޯ ފުލުހުންގެ ތެރެއިން ރިޝްވާންއަށް ފުލުހުންގެ ވަޒީފާ އަލުން ދޭން ކޯޓުން އަމުރުކޮށްފި!

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށްފަހު ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ހައްޔަރުކޮށް ވަޒީފާއިން ވަކިކުރި އަށް އެސްއޯ ފުލުހުންގެ ތެރެއިން، ސާޖަންޓް އަލީ ރިޝްވާން އަޙްމަދު އަށް، 13 މަހުގެ މުސާރައާއެކު ފުލުހުންގެ ވަޒީފާ އަލުން ދޭން، ސިވިލް ކޯޓުން ދާދި ދެންމެއަކު ހުކުމް ކޮށްފިއެވެ.

 

"މިއަދުނޫހަށް" މިކަން ޔަގީން ކޮށްދެމުން ރިޝްވާންގެ އަނބިކަނބަލުން ނާޝިދާ އަޙްމަދު ވިދާޅުވީ، ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ 212،716.56 ރުފިޔާއާއެކު ފުލުހުންގެ ވަޒީފާ ރިޝްވާނަށް އަލުން ދިނުމަށް ކަމަށެވެ.

 

        

 

ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތުގައި އެއިރު ހައްޔަރުކުރީ އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރު އިންސްޕެކްޓަރ އޮޕް ޕޮލިސް ސައިފު ހުސެއިން އާއި، ސްޓޭޝަން އިންސްޕެކްޓަރ ފާއިޒް މުޙައްމަދު އާއި ސްވޮޓް ޓީމުގައި މަސައްކަތް ކުރި ސާޖަންޓް އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި، ކޯޕްރަލް ހަސަން ނަސީރާއި، ކޯޕްރަލް މުޙައްމަދު ޝާމިން އާއި ސާޖަންޓު އަހުމަދު އާސިމްގެ އިތުރުން ސާޖަންޓު އަލީ ރިޟްވާން އެވެ.

 

އޭގެ ތެރެއިން ރިޝްވާން އަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް މިއަދު އަމުރުކޮށްފައިވާއިރު، ސާޖަންޓު އާސިމް އާއި އަބްދުﷲ ރިޔާޒްއަށް ވަނީ ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް މިދިޔަ ހަފްތާގައި އަމުރުކޮށްފައެވެ. އަދި އިސްޕެކްޓާރ ފާއިޒް އަށާއި ކޯޕްރަލް ހަސަން ނަސީރަށް ވެސް އަލުން ވަޒީފާ ދިނުމަށް އިއްޔެ ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިއަދު އޮންލައިން