ލ. މާވަށު ޕްރީ ސްކޫލްގެ އެލްކޭޖީގައި ތަޢުލީމް ހާޞިލްކުރާ ދަރިވަރުން މާވަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށްފިއެވެ.
ސަރުކާރުގެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް މުއައްސަސާތަކަށް ދަރިވަރުން ކުރަމުންދާ ޒިޔާރަތުގެ ތެރެއިން، މާވަށު ޕޮލިސް ސްޓޭޝަނަށް މިއަދު ޒިޔާރަތްކޮށް އެތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ހޯދައިފައިވެއެވެ.
އެގޮތުން ދަރިވަރުން މިކުރި ޒިޔާރަތުގައި، ޕޮލިސް ސްޓޭޝަނުގައި ކުރަމުންދާ މަސައްކަތްތަކާއި މަސައްކަތްތައް ރާވާފައިވާގޮތް ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި ބޭނުންކުރާ ތަކެތި ދަރިވަރުންނަށް ދައްކާލައި މަޢުލޫމާތު ދީފައިވެއެވެ.
މާވަށު ޕޮލިސް ސްޓޭޝަނަށް ދަރިވަރުން މިކުރި ޒިޔާރަތުގައި 24 ދަރިވަރުން ބައިވެރިވެފައިވެއެވެ