ވިހެއުމުން ދޭ ޗުއްޓީ އޭސީސީން ވެސް އިތުރު ކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
ވިހެއުމުން ދޭ ޗުއްޓީ އޭސީސީން ވެސް އިތުރު ކޮށްފި

ވިހެއުމުން ދޭ ޗުއްޓީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ވެސް އިތުރުކޮށްފިއެވެ.

 

އޭސީސީން ބުނީ ވިހެއުމުން ދޭ ޗުއްޓީ މިހިނގާ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

 

ވިހެއުމުގެ ޗުއްޓީއާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވާފައިވަނީ މައިންނަށް ހަ މަސް ދުވަހުގެ ޗުއްޓީއަކާއި ބައްޕައިންނަށް އެއް މަސް ދުވަހުގެ ޗުއްޓީ އެއް ލިބޭގޮތަށެވެ.

 

އެގޮތުން މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ، މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތަކުން އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ނުވަތަ އެކަން ބަޔާންކުރާ ލިޔުމެއް ހުށަހެޅުމުން އެމުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީހުން ފެށިގެން ނުވަތަ އެމުވައްޒަފަކު ވިހާ ތާރީހުން ފެށިގެން ކަނޑައެޅިފައިވާ ގޮތަށް ޗުއްޓީ ލިބޭނެ ކަމަށް އެ އޭސީސީން ބުންޏެވެ.

މިއަދު އޮންލައިން