ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލްކޮށް، އަލުން ވޯޓުލާން އެމްޑީޕީ އިން އެދިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލްކޮށް، އަލުން ވޯޓުލާން އެމްޑީޕީ އިން އެދިއްޖެ
 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލްކޮށް، އަލުން ވޯޓުލުން ލާން އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހަޅާފައިވާ ޝަކުވާއަކީ ކެންދޫ ވޯޓުލާ މަރުކަރުގައި ބެހެއްޓި ވޯޓު ފޮށި ނަމްބަރު F03.03.1، ވޯޓު ފޮއްޓާ ގުޅޭ ޝަކުވާތަކެކެވެ.

އެމްޑީޕީން ހުށަހެޅި ޝަކުވާތަކުގައި ތެރޭގައި ހިމެނެނީ، ވޯޓް ފޮއްޓަށް ގަޑިއަކު އެއްފަހަރު ވޯޓު ލަމުންދާ މީހުންގެ ތަފްސީލް ހާމަކުރަން އޮންނަ އުސޫލުގެ ދަށުން މެންދުރު 02:00 ގައި ވޯޓް ފޮއްޓަށް ވޯޓްލި ކަމަށް އިއުލާން ކުރީ 377 މީހުން ކަމަށާއި އޭރު ކިޔު ނަމްބަރު 377 ވޯޓުލާފައި ނުވާކަމަށާއި ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށްވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ނަމަވެސް ވޯޓުލުން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ. 

ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ޖޭޕީގެ ކެންޑިޑޭޓް އަލީ ހުސައިން އިންތިހާބު ވެފައި ވަނީ 929 ވޯޓުން ނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 802 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އަހުމަދު ރިޒާއަށް 700 ލިބިފައި ވެއެެވެ. 

މިއަދު އޮންލައިން