މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާ ކަށަވަރު ކުރުމަށް ހަ ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ތިނެއް (3) ކަނޑަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ސެކިއުރިޓީ އުރަ 3 އަކީ ނަތީޖާ ޝީޓް ހިމެނޭ ސިޓީ އުރައެވެ.
ނަތީޖާ ކަށަވަރު ކުރުމަށް ކަނޑަން ނިންމާފައިވަނީ އދ. މާމިގިލީ ގައި ބެހެއްޓި ތިން ވޯޓު ފޮއްޓާއި ލ. އަތޮޅުގެ މާލޭ ވޯޓު ފޮއްޓާއި ކުނަހަންދޫގެ ވޯޓު ފޮއްޓާއި ހުޅުމާލޭގައި ބެހެއްޓި އެހެނިހެން ވޯޓު ފޮށީގެ ސިޓީ އުރައެވެ.
އެމަސައްކަތް ކުރުމަށް ނިންމާފައިވަނީ މިރޭ 19:00 ގައި، އީސީގެ އިންތިހާބީ މަރުކަޒު ކަމަށްވާ ބައު ޖަމާލުއްދީންގައެވެ.
ނަތީޖާ ކަށަވަރު ކުރުމަށް ހަ ސިޓީ އުރައެއް ކަނޑަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލު ކޮށްދިނުމަށް އެމްޑީޕީން ވަނީ އެކޮމިޝަންގައި އެދިފައެވެ.