މާމިގިލި ދާއިރާގެ މާމިގިލިގެ ބާޠިލު ވޯޓު ގުނުމުން 109 ވޯޓު އިތުރަށް ޞައްހަވެ ޤާސިމް އިބްރާހީމްއަށް ލިބިވަޑައިގެންނެވި ވޯޓު 1145 އަށް އަރައިފިއެވެ.
ބާޠިލު ވޯޓު ކަމަށް ކުރިން ބަލާފައި އޮތް 190 ވޯޓު އަލުން ގުނުމުން 109 ވޯޓު ޞައްޙަވިއިރު ޤާސިމް އިބްރާހީމް އަށް ވަނީ އެއިގެ ތެރެއިން 64 ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަމީޒަށް އިތުރުވެފައިވަނީ 45 ވޯޓެވެ. އެހެންކަމުން އަމީޒަށް މިހާރު ލިބިފައިވަނީ 1046 އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މާވަށު ދާއިރާގެ ވޯޓު ވެސް ގުނަން ނިންމައިފައެވެ. އެމްޑީޕީން ވަނީ ކެންދޫ ދާއިރާގެ ވޯޓު ފޮށެއްޓެއް ބާޠިލު ކަމަށް ކަނޑައަޅައަޅައި އަލުން ވޯޓުލާންވެސް ހުށަހަޅައިފައެވެ.