ރ. ރަސްމާދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އުނގޫފާރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ރަސްމާދޫގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އެރަށުގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ރަސްމާދޫގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި އެޕްރީލް 9ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވެއެވެ. އެގޮތުން 24 އުޅަނދު ބަލައިފާސްކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅަނދު ދުއްވި ހަތް ފަރާތަކަށް ނަސޭހަތްތެރިވެފައިވެއެވެ.