ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫއަށް މަސްތުވާތަކެތި ފޮނުވަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެޕްރީލް 10 ވަނަ ދުވަހުގެ 15:16 ހާއިރު ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ނައިފަރު އާބަނދަރު ސަރަހައްދުންއެވެ.
މި މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މިމީހާ ހުރި ތަނުން ފެނުނު ސިނގިރޭޓް ހުސްކުރި ފޮއްޓެއް ނަގާބެލިއިރު، އޭގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 61 ރަބަރު ޕެކެޓް ފެނިފައިވެއެވެ.